Tuesday, April 28, 2009

TVM MADAVELI DHAAIRAA BAHUS


އެންމެހާ ލޮބުވެތި ރައްޔިތުންނޭވެ. މާދަމާ 29 އާޕްރިލްވާ ބުދަ ދުވަހުގެ ރޭގަނޑު 10:30 ގައި މަޑަވެލި ދާއިރާގެ "ޓީވީއެމް ދާއިރާ ތަކުގެ ބަހުސް" އޮންނާނެއެވެ. ވީމާ މަޑަވެލި ދައިރާގެ ރައްޔިތުންގެ ހައްގުތަށް ހޯދައިދިނުމަށް މިފަހަރު ކެރިގެން ނުކުތް ރައްޔިތުންގެ މިނިވަން ކެންޑިޑޭޓް އަލްފާޞިލް އަބްދުއްﷲ މުޙައްމަދުގެ ހުރިހާ ސަޕޯޓަރުންނަށް މިބަހުސް އަށް ވަޑައިގެން އަބްދުއްﷲ މުޙައްމަދަށް ސަޕޯޓް ކުރުމަށް ގޮވާލަމެވެ.

ހަމައެހެންމެ މިބަހުސް ބެލުމަށްފަހު ވެސް ތިޔަބޭފުޅުން ރަނގަޅު ކެންޑިޑޭޓަކު މިނެކިރާ އުސޫލުން، މިނެ ކިރައި މިދާއިރާ އަށް ކުރިމަތި ލައްވާފައިވާ އެންމެހާ ކެންޑިޑޭޓުންގެ ތެރެއިން ހަމަ އެއްމެ ރަންގަޅު ކެންޑިޑޭޓަކު އިހްތިޔާރު ކުރުމަށް ނަސޭހަތްތެރިވަމެވެ.

އަބްދުއްﷲ މުހައްމަދު، މިފަހަރު މަޖިލީހަށް މިކުރިމަތިލީ ސަރުކާރު އެބައެއްގެ މަތިން ހަނދާން ނެތިފައިވާ މަޑަވެލި ދާއިރާގެ އެންމެހާ ފަރުދުންގެ ހައްގުތަށް ހޯދުމަށް ވަކާލާތު ކުރާ މުރައްބީ އެއްގެ ގޮތުގައެވެ.

އަބްދުއްﷲ މުޙައްމަދަކީ، ތިޔަބޭފުޅުން އަދި ކިއެއްތަ!... މުޅިރާއްޖެ ފަހުރުވެރިވާނޭ ފަދަ ކެންޑިޑޭޓަކަށް ވާނޭ ކަމާމެދު ޝައްކެއް ނެތެވެ.!!!

މަޑަވެލި ދާއިރާގެ އެންމެހާ އެކުލުންވަންތަވެރި ރައްޔިތުންނޭވޭ! ލޯހުޅުވައިލަމާ ބަހީއެވެ! މިކަލެ ހޮވަނައު އަބްދުއްﷲ މުހައްމަދެވެ...!

އަބްދުއްﷲ މުހައްމަދުގެ ކެންޑިޑޭޓް ނަންބަރަކީ 5 (ފަހެއް) ކެވެ.

0 comments:

Post a Comment