Sunday, March 8, 2009

Why Should We Elect ABDULLA!

* He is a strategic thinker: Works for long term solutions rather than the popular “stop gap” answers to problems.

* He is a firm believer in his precepts and is not hesitant to advocate these beliefs.

* He has no ‘baggage’: He has had no part in any activities that have been harmful to Maldivians – corruption, theft or deceit.

* He stands by his promises to the people: He has been loyal to Madavelians and true to his word. He has stood by his campaign promises.

* He is a leader: He is able to bring together people of different views and convictions, and able to get them to cooperate and to work together.

Am 4 PM


އަބްދުﷲ މުހައްމަދު ދުނިޔޭގެ އަލިކަން ދެކެލެއްވީ 6 ޖޫން 1965ގައި ގދ މަޑަވެލީގައެވެ. ގދ. ހޯނޑެއްދޫ އަލްމަރްހޫމް ހޮޅި މުހައްމަދާއި ގ.ދ މަޑަވެލީ މަރިޔަމް ހަސަންއަށް ލިބިފައިވާ ލިބިފައިވާ ދަރިންގެ ތެރެއިން އެންމެ ހަނގު ކުއްޖަކީ އަބްދުﷲ މުހައްމަދެވެ.
ޢަބްދުﷲ މުހައްމަދަކީ ޅައުމުރުއްސުރެ ތަޢުލީމަށް އިންތިހާއަށް ލޯބިކުރައްވާ މީހެކެވެ. ރަށްފުށުގައި އެދުވަސްވަރު ޙާޞިލުކުރެވެންހުރި އެންމެ މައްޗަށް ތަޢްލީމު ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ޅައުމުރުގައި ތަޢްލީމު ޙާޞިލުކުރުމަށް ދަހިވެތިވެފައިވާ ޙާލު، ލިބިފައިވާ ތަޢްލީމު އެހެންމީހުނަށް އުނގަންނައިދިނެވެ. އަދި އެއަށްފަހު ތަޢްލީމު ޙާޞިލުކުރުމަށް މާލެ ހިޖުރަކުރެއްވިއެވެ. ސަރުކާރުން އެދުވަސްވަރުގައި ބޭއްވި އިމްތިޙާނުތަކުގައި ބައިވެރިވެ ކާމިޔާބުކަމާއެކު ގިނަ އަރުތަތަކެއް ޙާޞިލުކުރެއްވިއެވެ. އެއަށްފަހު ހިންގުމުގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢްލީމު ޙާޞިލް ކުރެއްވިއެވެ.

ވަޒީފާގެ މައިދާނަށް ނުކުންނެވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކާތިބެއްގެ ގޮތުގައެވެ. މިގޮތުން 1981ވަނަ އަހަރުން ފެށިގެން 1988އާއި ހަމައަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ވަޒީފާއަދާކުރެއްވިއެވެ. އެއަށްފަހު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގައި ވަޒީފާއަދާކުރެއްވިއެވެ. އަދި އެއަށްފަހު 1989ގައި އަމިއްލަ ކުންފުންޏެއްކަމުގައިވާ ސީޕްރިޔާ ޕްރައިވެޓް ލިމިޓެޑާއި ގުޅިލެއްވިއެވެ. އަދި މިހާރުވެސް ޢަބްދުﷲ މުޙައްމަދަކީ އެކުންފުނީގެ މުވައްޒަފެކެވެ.

އެރަށެއްގައި ޢަބްދުﷲ މުޙައްމަދު އުފަންވި ރަށް މަތިން ޢަބްދުﷲ މުޙައްމަދު ހަނދުމަފުޅު ނުނައްތަވައެވެ. މަޑަވެލީ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ޢަބްދުﷲ މުޙައްމަދު އިސްނަންގަވައިގެން ސަރަހައްދީ ފެންވަރުގެ ކުޅިވަރު ހަރަކާތްތަކެއް ވަނީ ހިންގަވާފައެވެ. މިގޮތުން ބޭއްވުނު ފުޓުބޯޅަ މުބާރާތްތަކުގައި ރާއްޖޭގެ ނަންމަޝްހޫރު ކުޅުންތެރިން މަޑަވެލީގެ ބިމުގައި ކުޅެ މަޑަވެލީގެ ކުދިންނަށް ފުޓުބޯޅައިގެ ހުނަރު ދަސްކޮށްދީފައިވެއެވެ. މިކަމަކީ މަޑަވެލީގެ ރައްޔިތުން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެކެވެ.

މަޑަވެލީގެ ތަރައްގީއާއި ކުރިއެރުމަށް ޢަބްދުﷲ މުޙައްމަދު ޢަމަލީ ގޮތުންނާއި ފިކުރީގޮތުން ކޮށްދެއްވާފައިވާ ކަންތައްތަކަށް މަޑަވެލީގެ ރައްޔިތުން ހެކިވާނެއެވެ. މުޅި ރާއްޖެއަށް އައިސްފައިވާ ތަރައްޤީއާއި ތަހްޒީބާއި އިސްލާޙީ ކުރިއެރުމުގެ މިވަގުތުގައި ޢަބްދުﷲ މުޙައްމަދު މިނުކުންނަވަނީ ހަމައެކަނި މަޑަވެލީ ރައްޔިތުންގެ ޙައްޤުގައެއް ނޫނެވެ. މަޑަވެލި ދާއިރާގެ ޙައްޤުގައެވެ. މިދަނޑިވަޅުގައި މަޑަވެލި ދާއިރާއިން ރައްޔިތުންގެ މަޖްލީހަށް އިންތިޚާބުވާންވާނީ ފިސާރިކެރޭ ޒަމާނުގެ ގޮންޖެހުންތަކަށް ލޯހުޅުވިފައިވާ އިޚްލާޞްތެރި މީހެކެވެ. މަޑަވެލި ދާއިރާގެ އަޑު ރައްޔިތުންގެ މަޖްލީހަށް ފޯރުވައިދެއްވުމަށް ޢަބްދުﷲ މުޙައްމަދު ހުންނެވީ ތައްޔާރަށެވެ.

ރައްޔިތުންގެ އަޑު ހުރިހާ ގޮތަކުން އައްސަވަމުންގެންދާ ޙާލުގައި ޢަބްދުﷲ މުޙައްމަދު މިފަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަށް ކުރިމަތިލައްވައެވެ. ރައްޔިތުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލައްވާ ޢަބްދުﷲ މުޙައްމަދަށް ދެއްވާ ވޯޓަކީ މަޑަވެލި ދާއިރާގެ ހައްގުގައި ގެއްލިގެންދާނެ ވޯޓެއްނޫނެވެ